ނަރުދޫ

ނަރުދޫ ހުރިހާ ގެއަކަށް ފިޔާ ބަސްތާއަކާއެކު ކޭބަލްފީ

ނަރުދޫ
40%
40%
20%

ރޯދަ އިނާޔަތުގެ ގޮތުގައި ށ. ނަރުދޫގެ ކޮންމެ ގެއެއްގެ ކޭބަލް ޓީވީގެ ފީ ދައްކައިދޭށާއި ފިޔާ ބަސްތާއެއް ދޭން ނިންމައިފި އެވެ.

އެރަށު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މޫސާ ހަސަން ފުޅު މިއަދު ވިދާޅުވީ، މިއީ އެ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ރޯދަ އިނާޔަތެއް ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށާއި މި ފަހަރު ރަށުގެ އާބާދީގައި ހިމެނޭ 732 މީހުން ނިސްބަތްވާ 82 ގެ އަށް ރޯދަ ހަދިޔާ ދޭނެ ކަމަށެވެ.

މޫސާ ހަސަން ފުޅު ވިދާޅުވީ، ކޭބަލް ޓީވީގައި އާންމުކޮށް އެރަށު ގޭގައި ބޭނުންކު ރަނީ 380ރ ޕެކޭޖެއް ކަމަށާއި އެއް މަހުގެ ފީއަށް 31،160ރ ކައުންސިލުން ހަރަދުކޮށްދޭނެ ކަމަށެވެ.

އެ ފީގެ އިތުރުން ރަށުގެ ކޮންމެ ގެޔަކަށް ފިޔާ ބަސްތާއެއް ވެސް ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ. ގޭގެއަށްދޭ ފިޔާ ބަސްތާ ރޯދަ ފެށުމުގެ ކުރިން ދޭނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފިޔާ ސޮރު

ތީ ހާދަ ފިޔާކާ ރަށެކޭ ދޯ، އަހަރެން ގޭގަ 1 ކިލޯ ފިޔާ ހުސްނުވެ 1 މަހުން

ރަންގަނޑު

ރަށު ރައްޔިތުންގެ ހުރިހާ ހަރަދަކާވެސް ހަވާލު ވާންވީނު ކައުންސިލުން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910