ހަބަރު

ޕީއެންސީގެ ރައީސްގެ މަގާމަށް އަދުރޭ ވާދަ ކުރަނީ

Apr 23, 2019
5

ޕީޕީއެމްގެ ތެރެއިން އުފެއްދި ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތިލައްވައިފި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި މަގާމުތަކަށް ކުރިމަތިލާން އެ ޕާޓީއިން ވަނީ ހުޅުވާލާފަ އެވެ.

އެ ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަން ހުށަހެޅުއްވީ ވެސް އަބްދުލްރަހީމެވެ. އަދި ޕާޓީގެ އިންތިގާލީ ރައީސްއަކީ ވެސް އޭނާ އެވެ.

ޕާޓީގެ އިންތިގާލީ ނައިބު ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފަ އެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް މިފަހުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި އަހުމަދު ނިހާން ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އޭނާ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ ކުރިމަގު ނުފެންނަ ކަމަށް ވިދާޅުވެ އެވެ.