ހަބަރު

އިންފްލުއެންޒާ ވެކްސިނުން ހާއްސަ ޑިސްކައުންޓެއް ޓްރީޓޮޕުން މާދަމާ ދެނީ

"ވޯލްޑް އިމިއުނައިޒޭޝަން ވީކް" ފާހަގަކުރުމަށް އިންފްލުއެންޒާ ވެކްސިނުން ހާއްސަ ޑިސްކައުންޓެއް ޓްރީޓޮޕުން މާދަމާ ދޭން ނިންމައިފި އެވެ.

ޓްރީ ޓޮޕުން ބުނީ އެހޮސްޕިޓަލުން މިއަހަރުގެ "ވޯލްޑް އިމިއުނައިޒޭޝަން ވީކް"އަށް އަހައްމިއްޔަތު ދިނުމުގެ ގޮތުން 25 އޭޕްރީލް 2019ވާ ބުރާސްފަތި ދުވަހު (މާދަމާ) ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންފްލުއެންޒާ ފްލޫ ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން %10 ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އިންފްލުއެންޒާ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިންގެ ހިދުމަތް، ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އެ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށާއި، އަދި މިވެކްސިންއަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޖެހޭ ވެކްސިންއަކަށްވާތީވެ، ޓްރީ ޓޮޕް ހޮސްޕިޓަލުން ވެކްސިންޖަހަން ބޭނުންވާ ފަރާތްތަކަށް ހިލޭ އާންމު ބަލިތަކުގެ ޑޮކްޓަރުގެ އެސެސްމެންޓް ހެދޭނެ ނިޒާމެއް ހަމަޖެހިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ވެކްސީންޖެހުމަށް އިސްކަން ދޭނީ ހޮސްޕިޓަލަށް ދާ މީހުންގެ ތަރުތީބުން، ހެނދުނު 9:00ން ހަވީރު 5:00ގެ ނިޔަލަށް ކަމަށް ވެސް ޓްރީޓޮޕުން ވަނީ ބުނެފަ އެވެ.