ވިޔަފާރި

ޕްރިމިއާލީގް ބަލަންދާން ކޮކާކޯލާ އިން ހޮވި ނަސީބުވެރިން ފުރައިފި

Apr 25, 2019

ކޮކާކޯލާއިން ކުރިއަށް ގެންދިޔަ ކޯލާ ބޮއިގެން ޕްރިމިއާ ލީގް މެޗެއް ބަލަން ފުރުސަތު ލިބޭ ޕްރޮމޯޝަންގެ ދަށުން، ހޮވުނު 14 ނަސީބުވެރިން މިއަދު އިނގިރޭސިވިލާތަށް ފުރައިފި އެވެ.

ކޮކާ ކޯލާގެ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ކޯކް ބޮއިގެން ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަމްބަރު މެސެޖު ކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ހަތް ނަސީބުވެރިއަކާއި އެމީހުންގެ ބައިވެރިން މިއަދު ފުރާފައިވަނީ އަންނަ އާދީއްތަ ދުވަހު މަޝްހޫރު އޯލްޑް ޓްރެފަޑުގައި ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅޭ މެޗު ބެލުމަށެވެ.

ދުނިޔޭގެ މަޝްހޫރު އެއް ފުޓްބޯލް ލީޑް ކަމަށްވާ އިންގްލިޝް ޕްރެމިއާ ލީގް ޕާޓްނަރަކަށް ކޮކަ ކޯލާ ވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮކަ ކޯލާ ޕްރިމިއަ ލީގް ޕްރޮމޯޝަންގެ ދަށުން އެ ވާދަވެރި މެޗު ބެލުމުގެ އިތުރުން، އިނގިރޭސިވިލާތުގެ ތާރީހީ ތަންތަންނަށް ޒިޔާރަތްކުރުމާއެކު ގިނަ ހަރާކާތްތައް ރޭވިފައިވާކަމަށް ކޮކާކޯލާ އިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 45 ފަރާތަކަށް 43 އިންޗީގެ ޓީވީއެއް ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ވެސް ވަނީ ދީފަ އެވެ.