ދުނިޔެ

ސުދާން މިލިޓަރީ ކައުންސިލްގެ ތިން ބޭފުޅަކު އިސްތިއުފާ ދެއްވައިފި

ސުދާން މިލިޓަރީ ކައުންސިލް (ޓީއެމްސީ)ގެ އިސް ބައެއް ބޭފުޅުން އިސްތިއުފާ ދެއްވައިފި އެވެ. ޓީއެމްސީއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން އިސްތިއުފާ ދެއްވި ބޭފުޅުންނަކީ ޓީއެމްސީ ޕޮލިޓިކަލް ކޮމިޓީގެ ވެރިޔަކަށް ހުންނެވި އުމަރު ޒައިން އަލްއާދީން އާއި ލެފްޓިނެންޓް ޖެނަރަލް ޖަލާލުއްދީން އަދި ލެފްޓިނަންޓް ޖެނަރަލް އަލްތައިބް އަލީ ފަޒީލެވެ.

ސޫދާނީޒް ޕޮރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އިން ވަރުގަދަ މުޒާހަރާއަކަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި މި ބޭފުޅުން އިސްތިއުފާއާމެދު އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެސްޕީއޭ އިން މަދަނީ ސަރުކާރަކަށް އެދި ގޮވާލާފައިވާއިރު އެ ބޭފުޅުންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާލާފަ އެވެ. އަދި އެ ބޭފުޅުންގެ އަމުރަށް މުޒާހަރާގެ ތެރެއަށް ބަޑި ޖެހުމުން މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

ދެ ފަރާތުގެ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަދަނީ ސަރުކާރެއް ގާއިމު ކުރަން ބަދަލު ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓިފައި އޮތުމަށް ފަހު މިލިޓަރީ ކައުންސިލުން އިއްޔެ އެސްޕީއޭ އާއެކު އަލުން މަޝްވަރާ ކުރަން ދިން ދައުވަތު ބަލައިގެންފަ އެވެ.