ވިޔަފާރި

ޖަނާހު މޮންގޯލިއާގެ އިމާރާތް ކުރުމުގެ ބައްދަލުވުން ފައްޓަވާ ދެއްވައިފި

Apr 27, 2019
1

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރައީސް މުހައްމަދު އަލީ ޖަނާހު މޮންގޯލިއަން ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަންގެ 10 ވަނަ ބައްދަލުވުން ފައްޓަވާދެއްވައިފި އެވެ.

އާސިއާންގެ ގައުމުތަކުގެ ތެރެއިން އިމާރާތް ކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮންގޯލިއާގައި ކުރިއަށް ގެންދާ މި ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްގެ ހައިސިއްޔަތުން ޖަނާހު ވާހަކަފުޅު ދެއްކެވި އެވެ. މި ވާހަކަ ފުޅުމުގައި އަންނަ އަހަރު ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި ބައިވެރިވާން ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވި އެވެ.

މި ދަތުރުފުޅުގައި މޮންގޯލިއާގެ ގައުމީ ޓީވީ އާއި ބްލުމްބާގް ޓީވީ އަށް ހާއްސަ އިންޓަވިއުއެއް ދެއްވި އެވެ. މި އިންޓަވިއުގައި އޭޝިއާ ފެސިފިކް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އާއި މި ސަރައްހަދުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ތަޖުރިބާ ބަދަލު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ލެއްވި އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ހޮންކޮންގް އަށް ވަޑައިގެން ވަޑައިގެން އެތަނުގެ ކޮންސްޓްރަކްޝަން އެސޯސިއޭޝަންގެ ވެރިންނާ ވެސް ވައްދަލުކުރެއްވި އެވެ.