ވިޔަފާރި

ޕިރަމިޑުން "ޓުޑޭސް ޓޭސްޓް" ފްލޭވާޑް ޓީ ތައާރަފުކޮށްފި

Apr 27, 2019

ސްރީލަންކާގެ ޕްރިމިއަމް ޓީ ވިއްކާ ޕިރަމިޑުން "ޓުޑޭސްޓޭސްޓް" ގެ ފްލޭވާޑް ޓީ ރާއްޖެއަށް ތައާރަފުކޮށްފުކޮށް، އެއް ދުވަހުގެ ޕްރޮމޯޝަން ހަރަކާތެއް ފަށައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ކުރިއަށްދާ މި ހާއްސަ ހަރަކާތުގައި ޓުޑޭސްޓޭސްޓްގެ ހަތް ރަހައެއްގެ ޓީ ވިއްކާނެ އެވެ. މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ގަންނަ ޓުޑޭސް ޓޭސްޓް ފްލޭވާޑް ޓީއަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ޕިރަމިޑުން ޓުޑޭސް ޓޭސްޓުގެ "މަސާލާ ޗައި" އާއި "ބްލެކް ޓީ ލެމަން" އަދި "ގްރީން ޓީ ޖޭސްމިން" ގެ އިތުރުން "ބްލެކް ޓީ ސިނަމަން" އާއި "ބްލެކް ޓީ ޖިންޖާ" އަދި "ޕިއޯ ގްރީން ޓީ" ލިބެން ހުރެ އެވެ. މި ޕެކުތައް ބަންދުކޮށްފައި ހުންނަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ކޮޓަރިތަކުގައި ބަހައްޓާލެވޭ ގޮތަށް ޕްރިމިއަމް ކޮށެވެ. އަދި މި ސައި ހާއްސަ ތައްޔާރުކޮށްފައިވަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ގޮތަކަށެވެ. މީގެ ކޮންމެ ޕެކެއްގައި ޓީ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެއް ލިޔެފައި ހުރެ އެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި މިއީ ހީރަސް ފްރީ ޓީ ބޭގް އެކެވެ. އެ ގައުމުގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތަށް ނޫނީ މި ލޯގޯއެއް ނުދޭނެ އެވެ.

ޕިރަމިޑުން ދަނީ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަމުންނެވެ. އަދި މި ބްރޭންޑްތައް ދިވެހިންގެ މެދުގައި މަގުބޫލެވެ.