ދިރާގު

ދިރާގުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ސްޕީޑްބޯޓު ހަވާލުކުރަނީ -- ފޮޓޯ: ދިރާގު
0%
100%
0%

ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި އެވެ.

އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ، ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއިއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފަ އެވެ.

މި އަގު ހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި އަލް ޝާލީ މެރިން އަދި އެލިއާ އިންވެސްޓްމަންޓްސްގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު މި އިނާމު ލިބިދާނެ ކަމަށް ހީ ނުކުރާ ކަމަށް ފަޔާޒް ވަނީ ބުނެފަ އެވެ. ފަޔާޒް ބުނި ގޮތުގައި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ ދަރިފުޅު ހިތްހަމަޖައްސައި ދިނުމަށެވެ.

މި ބޯޓު ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި ކަމަށްވެސް ފަޔާޒް ބުންޏެވެ.

ފަޔާޒް ވަނީ ދިރާގުން ކަސްޓަމަރުންނަށް މި ފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދެމުންދާތީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި ފަޔާޒަކީ ވޭތުވެދިޔަ 16 އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ހިދުމަތްތައް ބޭނުންކުރަމުންދާ ލޯޔަލް ކަސްޓަމަރެކެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި، ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންއަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 އިން ޑިސެމްބަރު 16 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

މި ބޯޓަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ.

ދިރާގުން ވަނީ ވޭތުވެ ދިޔަ އަހަރު ވެސް މި ފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފަ އެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުންނަށް ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910