ވިޔަފާރި

ޓުޑޭސް ޓޭސްޓް ގަނެގެން މިލްކް ބިސްކޯދު ޕެކެޓެއް

Dec 15, 2019

"ޓުޑޭސް ޓޭސްޓް" ސައިފަތް ޕެކެޓެއް ގެނެގެން، މިލްކް ބިސްކޯދު ޕެކެޓެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަ ކުރަމުން ގެންދާ "ޓީ ދުވަހު" ގެ މުނާސަބަތުގައި ޕިރަމިޑުން ފެށި މި ހާއްސަ ޕްރޮމޯޝަ މި މަހުގެ އެކަކުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގައި ޓުޑޭސް ޓޭސްޓް ސައިފަތުގެ 200 ގްރާމް ޕެކެއް ގަތުމުން، މިއާއެކު މަންޗީ މިލްކް 85 ގްރާމްގެ ބިސްކޯދު ޕެކެޓެއް ހިލޭ ލިބޭނެ އެވެ.

ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓް ސައިފަތަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ ސައިފަތެވެ. މި ސައިފަތަކީ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ.