ހަބަރު

ވަކިވާ ފަނޑިޔާރުންނަށް އިނާޔަތްދޭ ބިލު ކޮމިޓީން ފާސްކޮށްފި

Apr 27, 2019
12

މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކަށް އިނާޔަތް ދިނުމަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުން މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހަށް ހުށަހެޅީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އެވެ. އެ ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމް، ޕީއެންސީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން އެކަންޏެވެ. އަދިއެ މެންބަރުން ބިލް ފާސްކޮށްފައި ވަނީ އިތުރު އެއްވެސް ބަދަލެއް ނުގެނެސް އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރުންގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި ގާނޫނުއަސާސީގެ 285 ވަނަ މާއްދާގައިވާ ގޮތަށް ފަނޑިޔާރުކަމުގެ މަގާމް ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަށް އިނާޔަތް ދޭން ޖެހެ އެވެ.