ދުނިޔެ

އައިސީސީއާ ސޫދާން ގުޅުން މުހިންމު: އިދިކޮޅު ލީޑަރު

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާއި ސޫދޫން އަލުން ގުޅުމަށް އެ ގައުމުގެ އިދިކޮޅު ޕާޓީ، ނެޝަނަލް އުންމަތުގެ އިސް ލީޑަރު ސޯދިގް އަލްމަހުދީ ގޮވާލައްވައިފި އެވެ.

ކުރިން ސުދާންގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ އަލްމަހުދީ މިހެން ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމަށްފަހު އެވެ.

ސޫދާންގެ ދަރްފޫރްގައި ކުރީގެ ރައީސް އުމަރު އަލްބަޝީރު ހިންގާފައިވާ ކަމަށް ތުހުމަތުތައް ކޮށްފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ޝަރީއަތް، އެ ގައުމުގެ ބާރުތައް މިހާރު ނަގާފައިވާ ސުދާން މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އިދިކޮޅު ލީޑަރު އަލްމަހްދީ އިލްތިމާސް ކުރައްވާފައި ވެއެވެ.

އަލްމަހްދީގެ ޕާޓީން މިލިޓަރީ ކައުންސިލާއެކު އެބަސްވުމަކަށް ދާން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ސުދާންގައި މަދަނީ ސަރުކާރެއް ގާއިމް ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިލިޓަރީ ކައުންސިލާއެކު އެ ގައުމުގެ ސިޔާސީ ޕާޓީތަކުން އެންމެ ފަހުން ބާއްވާފައިވާ މަޝްވަރާތައް ނިންމާލީ ބައިވެރިވި ހުރިހާ ފަރާތްތަކެއް ވެސް ހިތްހަމަޖެހިގެން ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިލިޓަރީ ކައުންސިލްގެ ތަރުޖަމާން ޝަމްސުއްދީން ކައްބާޝީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ސުދާންގެ ރައްޔިތުން ހިތްހަމަ ޖެހޭފަދަ ނިންމުމަކާއި ހަމައަށް ވާސިލްވުމުގެ އުންމީދު ވަރަށް ބޮޑެވެ. -- އޭފެފްޕީ