އާދަމް ޝަރީފު އުމަރު

"އެމްޑީޕީއަށް މެޖޯރިޓީ އޮތަސް ތަފާތު ގޮތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ"

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބިފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވާނީ ތަފާތު ގޮތަކަށް ކަމަަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ފުރަތަމަ މަތީ މަޖިލިސް ނިންމުމުގެ ގޮތުން މިރޭ މާލޭގެ ބިލަބޮންގް ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ރައްޔިތުންގެ މަޖިލީހާއިމެދު އެއްވެސް އުއްމީދެއް ނެތް ކަމަށާއި މިހާރު މިއޮތް ސަރުކާރު ޖަވާބުދާރީ ކުރުވަން އެ މަޖިލިސް ތެރެއިން ކުރުވާނީ މާޒީން ލިބުނު ފިލާވަޅުތަކާއި ކުރަން ޖެހުނު ތަޖުރިބާތަކުގެ އަލީގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގައި ތިއްބެވީ އިދިކޮޅު ޕާޓީއެއްގެ ތަޖުރިބާ އާއި ވެރިކަން ކުރެއްވި ޕާޓީ އެެއްގެ ތަޖުރިބާވެސް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ޝަރީފް ވިދާޅުވީ، ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ، ގާނޫނޫ އަސާސީއަށް ގޮން ޖަހާ ސިފައިންނާއި ފުލުހުންގެ ދައުރަށް ހުރަސް އެޅި މަންޒަރު އެކަނި ކަމަށެވެ.

އަދި ވިދާޅުވީ، ކޮންގްރެސް ޕާޓީ އާއި ޕީޕީއެމް މެމްބަރުން މަޖިލިސްގައި މަދުވި ނަމަވެސް މަޖިލިސް ތެރެއިން ރައްޔިތުންނަށް އުއްމީދުތަކެއް ލިބިގެންދާނެ ކަމަށެވެ.