ދުނިޔެ

ނޭޕާލްގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ

ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން ނޭޕާލްގެ އެންމެ ހުޅަނގުން އޮންނަ ހުމްލާ ސަރަހައްދެއްގައި އަށް މީހަކު މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެ ބަލި ޓަންޖަކޮޓް ސަރަހައްދުގެ އިތުރު މީހުނަށް ޖެހެމުންދާ ކަމަށް ވެސް އެ ސަރަހައްދުގެ ހެލްތު ޕޯސްޓުގެ ސިއްހީ އޮފިޝަލެއް ކަމަށްވާ މޯތީ ލާލް ޖޯޝީ ވިދާޅުވެ އެވެ.

މީގެ ހަފުތާއެއް ކުރިން އެ ސަރަހައްދަށް ވިއްސާރަވުމަށްފަހު ފެތުރެން ފަށާފައިވާ ބަލި ޖެހުމުން ބޮލުގައި ގަދައަށް ރިއްސުމަށް ފަހު ބޯ އަނބުރާ ގޮތް ވެއެވެ. އޭފަހުން މޭގައި ރިއްސާ ހުން އައުމަށް ފަހު ބަލީގެ ވޭން ބޮޑުވަމުން ގޮސް މީހާ މަރުވަނީ އެވެ.

މި ބަލީގައި މަރުވި ގިނަ މިހުންގެ ތެރޭގައި ހިމެނެނީ ކުޑަ ކުދިންނާއި މުސްކުޅިން ކަމަށް ވާއިރު މަރުވި މީހުންނަކީ ނޭވާލުމުގެ އުނދަގޫތައް ކުރިމަތި ވެފައިވާ މީހުން ކަމަށް ވެސް ހަބަރުތަކުގައި ފާހަގަ ކޮށްފައި ވެ ވެއެވެ.

ސިއްހީ ފަރުވާ ދިނުމުގެ ނިޒާމް ހަރުދަނާ ނުވުމުގެ ސަބަބުންނާއި ސިއްހީ ފަރުވާދޭ ފަރާތްތައް މަދުވުމުގެ ސަބަބުން މި ބަލި އިތުރަށް ނޭޕާލްގައި ފެތުުރުމުގެ ބިރު އޮތް ކަމަށް ބަލީގެ ކަންކަން ބަލައި ތަހުގީގެއް ކުރަން ނޭޕާލްގެ ސަރުކާރުން ހުމްލާ ސަރަހައްދަށް ފޮނުވާފައިވާ ހާއްސަ ޓީމުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ