ވިޔަފާރި

ޗައިނާ ޓޫރިސްޓުންގެ އަދަދު 5.6 ޕަސެންޓް އިތުރުވެއްޖެ

Apr 28, 2019

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ މީހުންގެ އަދަދު 5.6 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް 76,568 މީހުން އައިސްފައި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 72,539 މީހުންނާ އަޅާބަލާއިރު 5.6 ޕަސެންޓް އިތުރުވުމެކެވެ.

ޗައިނާ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް ބަލާނަމަ އުޅެނީ 12 ޕަސެންޓުގެ އިތުރުވުމެއްގަ އެވެ. މި އަހަރުގެ މާޗް މަހު އެ ގައުމުން 19,479 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު އައިސްފައިވަނީ 13,203 މީހުންނެވެ. އަދި ރާއްޖެ އަށް އަންނަ މީހުންގެ 15 ޕަސެންޓް ހިއްސާކުރަނީ ވެސް ޗައިނާ މީހުންނެވެ.

ރާއްޖެ އަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުވެފައި މިވަނީ ގިނަ ދުވަސްތަކެއްވަން ދެން ދަށްކޮށް އޮތުމަށްފަހު އެވެ. އެ ގައުމުން އަންނަ މީހުންގެ އަދަދު ދަށްވި ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު އެންމެ ގިނަ މީހުން އައިސްފައިވާ އެއް ގައުމަކީ ޗައިނާ އެވެ.