ދުނިޔެ

ސުދާން މައްސަލާގައި އެއްބަސްވުމަކަށް އާދެވިއްޖެ

ސޫދާންގެ ބާރުތައް ނަގާފައިވާ މިލިޓަރީ ކައުންސިލާއި އެ ގައުމުގެ އިދިކޮޅު ޕާޓީތަކާދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އެއްބަސްވުމަކަށް އާދެވުނީ މިލިޓަރީ ކައުންސިލާއެކު އިދިކޮޅު ޕާޓީތައް ހިމެނޭ ޑެކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖަސްގެ ލީޑަރުން އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ކައުންސިލްގެ ތަރުޖަމާނު ޝަމްސުއްދީން ކައްބާޝީ އަލްޒަޖީރާއަށް ވިދާޅުވީ މަޝްވަރާތައް ފެށިގެން ދިޔައީ ވަރަށް އެކުވެރިކަމާއެކު ކަމަށާއި އަދި މަޝްވަރާތައް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ.

މަޝްވަރާތަކަށް ފަހު، ދެ އަހަރު ފަހުން ބައްވާ ރިޔާސީ އިންތިހާބާއި ޖެހެންދެން ގުޅިފައިވާ ކައުންސިލެއްގެ ދަށުން ސަރުކާރެއް ގާއިމްކުރަން އެއްބަސް ވެފައިވީ ނަމަވެސް މަޖިލީހުގެ ގޮނޑިތަކުގައި ކޮންމެ ފަރާތަކުން ތިއްބަވާނެ ބޭފުޅުންގެ އަދަދަކަށް އަދި އެއްބަސްވެފައެއް ނުވެއެވެ. -- އަލްޖަޒީރާ