ވިޔަފާރި

ރާއްޖެ ހިމެނޭ ގޮތަށް ސްކޫޓްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަނީ

Apr 29, 2019
2

ސިންގަޕޫރުގެ ބަޖެޓް އެއާލައިން ސްކޫޓްގެ ދަތުރުތައް ރާއްޖެ ހިމެނޭ ގޮތަށް ހަތަރު ސިޓީއަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

ސްކޫޓް އެއާލައިން އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަތަރު ސިޓީ އަކަށް ދަތުރުތައް ހުއްޓާލަނީ ޑިމާންޑް ދައްވުމާއި އެއާ ކްރާފްޓް މަދުވުމުންނެވެ.

ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަނީ ދެކުނު އިންޑިއާގެ ލަންކޯ އާއި ފިލިޕީންސުގެ ދެ ސިޓީ ކަމަށްވާ ކަލިބޫ އާއި ބޯރަސީ އައިލެންޑަށެވެ. މީގެ އިތުރުން ޗައިނާގެ ގުއާންޒޫ އާއި ފޫޖިއާން އެވެ.

މި އެއާލައިން އަށް ފްލައިޓުގެ ޝޯޓޭޖާ ކުމަރިމަތިލީ ބޮއިން 737 މެކްސްގެ މަތިންދާ ބޯޓު ފަހަރަށް ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލައިގެ ސަބަބުން މި މަރުކާރުގެ ބޯޓު ފަހަރު ގްރައުންޑް ކުރަން ޖެހުމުންނެވެ.

ސްކޫޓް އިން ބުނެފައިވާ ގޮތުގައި އިންޑިއާގެ ލަކްނޯ އާއި ފިލިޕީންސުގެ ކަލިބޯ އަށް ދަތުރުތައް މެދުކަނޑާލަނީ ޖޫން މަހު އެވެ. އަދި ގުއާންޒޫ އަށް އޮގަސްޓް މަހު ދަތުރުތައް ހުއްޓާލާއިރު ރާއްޖެ އަށް ހުއްޓާލާނީ އޮކްޓޫބަރު މަހު އެވެ. މި އެއާލައިން އިން މިހާރު މި މަންޒިލް ތަކަށް ހަފުތާއަކު ހަތަރު ފްލައިޓް ބާއްވަ އެވެ.