ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ސިންގަޕޫރު މީހުން ރާއްޖެ އަންނާނީ ޑިސެމްބަރުގައި

May 31, 2020
2

ސިންގަޕޫރު ޓޫރިސްޓުން ރާއްޖެއަށް އަންނަން ބޭނުން ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ބުނެފި އެވެ.

ބުކިން ވެބްސައިޓް، އެކްސްޕީޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސިންގަޕޫރުން މީހުން ރާއްޖެ އަންނަން ބޭނުން ވަނީ އާ އަހަރު ފާހަގަ ކުރާށެވެ.

އެކްސްޕީޑިއާގެ ޑޭޓާ ދައްކާ ގޮތުގައި ސިންގަޕޫރު ޓޫރިސްޓުން އޭޝިއާގެ އެހެން ގައުމުތަކަށް ދަތުރު ކުރަން ބޭނުންވެ އެވެ. އެ ގައުމުގެ މީހުން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ބެންކޮކާއި ދެކުނު ކޮރެއާ ރާއްޖެ އާއި އިންޑޮނޭޝިއާގެ ބާލީ އަދި ޖަޕާނާއި ހޮންކޮންގް ފަދަ ގައުމުތައް ހިމެނެ އެވެ.

ރާއްޖެއިން ދަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ތައްޔާރު ވަމުންނެވެ. ސަރުކާރުން ވަނީ ހުޅުވާލާއިރު ޓޫރިސްޓުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް ބުނެފަ އެވެ.

ސިންގަޕޫރަކީ އާސިއާން ރީޖަންގެ ގައުމު ތަކަށް ބަލާއިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުން 14,990 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު އެ ގައުމުން އައި މީހުންގެ އަދަދު ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ.