ހަބަރު

ހިޔާގެ ކުދިންނަށް އާކުން ހަދިޔާ

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާ ކުރަން އިވެންޓެއް ބާއްވައިފި އެވެ.

މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ބޭނުންވާ ތަކެތި ހޯދަން ރޯދަމަހާ ދިމާކޮށް އާއްމުންނަށް ހުޅުވާލައިގެން އާކްން އިންތިޒާމް ކުރި އިވެންޓެކެވެ.

މި އިވެންޓްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އަންނައުނާއި، ކުޅޭ ސާމާނާއި ފޮތާއި ތުއްތު ކުދިންނަށް ކާންދޭން ބޭނުންވާ ތަކެތި ހަދިޔާކޮށްފައި ވެއެވެ.

"އަޅުގަނޑުމެނަށް އާންމުން ހަދިޔާކުރި ތަކެތި ބުދަ ދުވަހު ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާ ކުރުމަށް މި ހަފްތާ ބަންދުގައި އެމްއެންޑީއެފްއާ ހަވާލުކުރާނެ،" އާކްގެ އޮފިޝަލެއް ކަމަށްވާ ނަަޒްހަތް ހަލީމް ވިދާޅުވި އެވެ.

ދެހާސްނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް އާކްން މި ޕްރޮގްރާމް ހިންގަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި 140 ކުދިންނަށްވުރެ ގިނަ ކުދިން އެބަތިއްބެވެ.