އިލެކްޝަންސް ކޮމިޝަން

ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލަ ބުރާސްފަތީގައި ފޮނުވާނެ

މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ބަޔާން ހުށަަހަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކޮށްދޭން އެދި އަންނަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް އީސީން އިއްޔެ ވެސް ބުންޏެވެ. މިއަދު އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔާން ހުށަ ނާޅާ ކެންޑިޑޭޓުންގެ މައްސަލަ ބުރާސްފަތި ދުވަހު ޕީޖީއަޢށް ފޮނުވާނެ ކަމަށާއި ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ ތެެރެއިން ވެސް 11 ކެންޑިޑޭޓެއްގެ ބަޔާން ފުރިހަމަ ނުވާތީ، ފުރިހަމަ ކުރުމަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާނެއް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭ މާލީ ބަޔާން ހުށަނާޅައިފި ނަމަ ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6،000 ރ. އާއި 24،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާލީ ބަޔާން ހުށަހަޅަންޖެހޭ ވަގުތު ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައި ވަނީ 347 ކެންޑިޑޭޓުންނެވެ.