ލައިފްސްޓައިލް

ސެމްސަަންގް ސެރޯ: ޕޯޓްރެއިޓް މޯޑް ޓީވީއެއް!

ޓެކް ދާއިރާގައި އަބަދުވެސް "ސްޓޭންޑް އަައުޓް" ވާ ސެމްސަންގް ކުންފުންޏަކީ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމުގައި ފާހަގަކޮށްލެވޭ ބިޔަ ބޮޑު ކުންފުންޏެކެވެ. ދާދި ފަހުން ނެރުނު، ސެމްސަންގް ފޯލްޑަބަލް ފޯނު، ނުވަތަ ފަތްޖެހި ފޯނަކީ ވެސް އާ އީޖާދެއްގެ ގޮތުގައި އެއްބަޔަކު ދެކެ އެވެ. ސެމްސަންގުުން އިއްޔެ ދައްކާލި ޓީވީ އަކީވެސް މިކަަހަލަ އާ، މުޅިން ތަފާތު ކޮންސެޕްޓެއް ހިމެނޭ ޓީވީ އެކެވެ.

އެންމެ ފުރަތަމަ ޓީވީއެއް އުފެއްދި ދުވަހުން ފަށައިގެން ބޭނުން ކުރަަމުން އައީ ހުރަހަށެވެ. މި ގޮޮތް ބަދަލުކޮށްލާ ސެމްސަންގުން އިއްޔެ ދައްކާލި ޓީވީ އަކީ ހުރަހަށް ބެލުމުގެ އިތުރުން ސީދަލަށް ޕޯޓްރެއިޓް މޯޑުގައި ބޭނުން ކުރެވޭ ޓީވީ އެކެވެ.

މި 43 އިންޗީގެ ޓީވީއަަށް ކިޔަނީ ސެރޯ އެވެ. ސަައުތު ކޮރެއާގައި މޭ މަހުގެ ފަހުކޮޅު ވިއްކަން ފަށާ މި ޓީވީގެ އަގަކީ 1250 ޕައުންޑް (25،088) ރުފިިޔާ އެވެ. "ސެރޯ" ވިއްކާނީ، މައިކްރޮފޯނާއި ސެމްސަަންގުގެ ވާޗުއަލް އެސިސްޓަންޓް ބިކްސްބީގެ ފީޗާތައް ހިމަނައިގެންނެވެ.

މިޓީވީ ގަންނާނެ ކަމަށް ބެލެވޭ މީހުން، ޓީވީ ސީދަަލަށް އަނބުރައިގެން ވިޔަސް ބަލާނީ މޯބައިލް ފޯނުން އާއްމުކޮށް ބަލާ ސްނެޕްޗެޓް ސްޓޯރީތައް ފަދަ އެއްޗެހި ކަމަށް ބެލެ ވެ އެވެ. ނުވަތަ ސްލައިޑް ޝޯ އެއް ގޮތަށް ޕޯޓްރެއިޓްކޮށް ނަގާފަައިވާ ފޮޓޯ ޑިސްޕްލޭ ކުރުމަށް ވެސް ބޭނުން ކުރާނެ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައި ވެ އެވެ.

ޓީވީ އެނަލިސްޓުން ބުނާ ގޮތުގައި މިއީ މުޅިން ތަަފާތު ކޮންސެޕްޓެކެވެ. އެހެންނަމަވެސް، މި ޓީވީ ބާޒާރަށް ނެރުމުގައި ލިމިޓް ކުރަަން ޖެހިދާނެ ކަމަށެވެ. އަަދި، ގިނަ ކަންކަމުގައި ޓީވީ ބަލާނީ ހުރަހަށް ކަމަށާއި ކުޑަ ބޭނުންތަކަށް ބޮޑު އަގެއްގައި މިކަހަލަ ޓީވީ އެއް ބާޒާރުގައި ވިއްކުމަށް ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ.