ދިރާގު

މަމެން އިންޓަސްކޫލް ބައިކް މުބާރާތަށް ބޮޑު ތަރުހީބެއް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން މިދިޔަ މަހު 26 އާއި 27ގައި ހުޅުމާލޭގަައި ވަނީ ބައިކްސަލު ދުއްވުމުގެ މުބާރާތެއް ބާއްވާފަ އެެވެ. ހުޅުމާލޭ ރޭސިންގް ޓްރެކްގައި ބޭއްވި މި މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވި އެވެ.

މި އައަހަރުގެ މުބާރާތުގައި ސްކޫލްތަކުގެ ބައިވެރިން ވަނީ ތިން އުމުރުފުރާއަކަށް ބަހާލާފަ އެވެ. އެގޮތުން، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކުދިންނާއެކު ތަފާތު 25 ރޭހެއް ބޭއްވި އެވެ.

މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ގެ ނަމުގައިވެސް ބައިސްކަލު ރޭހެއް ބޭއްވި އެވެ.

ދެ އުމުރުފުރާ އެއްކޮށް އެއްވަނަ ހޯދީ ހިރިޔާ ސްކޫލެވެ. ދެ ވަނައަށް ޢާޒީ ސްކޫލް އަދި ތިން ވަނަ އަށް ދިޔައީ ހުރަވީ ސްކޫލެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، 12 އަހަރުން ދަށުގެ ފަންރައިޑްގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ހަވާލު ކޮށްދެއްވާފަ އެވެ.

މިއީ ބައިކް މޯލްޑިވްސް އާއެކު ދިރާގުން ބޭއްވި ދެވަނަ ބައިސްކަލް ދުއްވުމުގެ މުބާރާތެވެ.