ޓްރީ ޓޮޕް ހޮސްޕިޓަލް

އެމްއައިބީގެ ފައިސާކާޑަށް ޓްރީޓޮޕުން ހިދުމަތްދޭން ފަށައިފި

May 2, 2019

އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ފައިސާ ކާޑުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ހިދުމަތުގެ ސަބަބުން އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ފައިސާކާޑަށް ޓްރީޓޮޕްގެ ހިދުމަތްތައް ލިބޭނެ ކަމަށާއި ހިދުމަތް ތައާރަފު ކުރީ މިއަދު ކަމަށެވެ.

އަދި އިސްލާމިކް ބޭންކުގެ ކަސްޓަމަރުންގެ ފައިސާ ކާޑާއެކު މިހާރު ޓްރީޓޮޕް ހޮސްޕިޓަލްގެ މަތީފެންވަރުގެ ހިދުމަތް އެއްވެސް ދައްޗަކާ ނުލައި ލިބޭނެ އެވެ. ހޮސްޕިޓަލްގެ އަމާޒަކީ އެންމެ ފުރިހަމައަށް ހިދުމަތް ދިނުމެވެ.

ޓްރޓޮޕުން ވަނީ އަގުތަކަށް ބަދަލު ގެނެސް އާސަންދަ އާއި އެހެން އިންޝުއަރެންސްތައް ވެސް ލިބޭ ގޮތް ހަދާފަ އެވެ.