ރޯދަ މަހާ ރޯއްޖާ

ޕެރަޑައިސް އިން ރޯދަ ވީއްލަން ހާއްސަ މެނޫތަކެއް

May 5, 2019
1

ގިނަ ރަހަތަކާއެކު، ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ރޯދަ ވީއްލަން މި އަހަރު ހާއްސަ މެނޭތަކެއް ތައާރަފު ކޮށްފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ހެޑް ޝެޕް އިސްހާގު ސޯލިހު ވިދާޅުވީ މި އަހަރުގެ ރޯދަ މަހާ ދިމާކޮ ށްވެސް ގިނަ ރަހަތަކުން މުއްސަނދިވެފައިވާ މެނޫތަކެއް ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ހުންނާނެ ހާއްސަ މެނޫތަކެއް. މި އަހަރުވެސް އެ ހާއްސަކަން ހުންނާނެ. ހާއްސަކޮށް ދިވެހިންނަށް ކަމުދާ ގޮތަށް ދިވެހި ރަހަތައް ގިނަވާނެ،" އިސްހާގު ވިދާޅުވި އެވެ.

ތަޖުރިބާކާރު ޝެފް އިސްހާގު ވިދާޅުވީ ދިވެހި ރަހަތައް ހުރި ނަމަވެސް އެހެން ގައުމުތަކުގެ ރަހަތައް ވެސް މި އަހަރު މަދު ނުވާނެ ކަމަށެވެ.

މި އަހަރު ޕެރަަޑައިސްގެ ރޯދަ ވީއްލުން ހާއްސަކޮށްފައިވަނީ "ލެގޫން ރެސްޓޯރެންޓް" ގަ އެވެ. މި އަހަރުގެ ރޯދަ ވީއްލަން ބޮލަކަށް ނަގާނީ 59 ޑޮލަރެވެ.