ސައުދީ އަރަބިއްޔާ އާއި ޔޫއޭއީއަށް އިތުރަށް ތެޔޮ އުފައްދާ ވިއްކުމުގެ ގާބިލްކަން ލިބިފައި ނުވާކަމަށް އިރާނުގެ ޕާލަމެންޓަރީ ސްޕީކާ އަލީ ލަރިޖަނީ ވިދާޅުވެއްޖެ އެވެ.
އެ ފަރާތްތަކަށް އެވަރުގެ ގާބިލުކަމެއް ލިބިފަވާނަމަ މާކުރިންވެސް އެކަންތައް ކުރާނެކަމަށް ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ލަރިޖާނީ ވިދާޅުވި އެވެ.
ޔޫއެސް އިން އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ކޮށްފައިވާ މަސައްކަތުގެ ތެރެއިން އިރާނުން ތެޔޮ ގަންނަ ހުރިހާ ގައުމުތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ.
އަދި އިރާނުން ތެޔޮ ގަތުން ހުއްޓާލުމުން ކުރިމަތިވާ ދަތިކަން ސައުދީ އާއި ޔޫއޭއީ އިން ފޫބައްދާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.
"އެ މީހުން ކުރާ ނަފްސާނީ ހަނގުރާމަ ދުވަސްކޮޅެއް ވަންދެން ހިނގާނެ. އެކަމަކު އޭގެ ފަހުން ދުނިޔޭގެ ބާޒާރުގައި ތެލަށް ދަތިވެ އޭގެ އަގު އުފުލޭނެ. އޭރަށް މައްސަލަތައް ދިމާވާން ފަށާނެ"، ލަރިޖާނީ ފާހަގަ ކުރެއްވި އެވެ.
އެމެރިކާއިން އިރާނުގެ ހައްގުތަކަށް އަރައިގަންނަން ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރަމުން އައިސްފައިވާ އެއްވެސް މަސައްކަތެއް އެފަރާތައް މިހާތަނަށް ވެސް ކާމިޔާބުވެފައި ނުވާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކާމިޔާބު ނުވާނެކަމަށް ވެސް ލަރިޖާނީ ވިދާޅުވި އެވެ.