ހަބަރު

ރާޅަކާއެކު ފަޅައިގެންދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީފި

ރ. އިފުރަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ފަޅައިގެން ދިއުމުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފުލުހުން ބުނީ މިއަދު 2:30 ހާއިރު، ފަސް މީހުންނާއެކު، ރ. އިފުރަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ޖެހި ރާޅަކާއެކު ފަޅައިގެން ގޮސް ވާދޫއާއި ދިމާ ބޭރުން އަޑިއަށް ދާކަމުގެ މައުލޫމާތު 3:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމައުލޫމާތު ލިބުމާއެކު، ށ. ކޮމަންޑޫގައި މަސައްކަތް ކުރާ ފުލުހުންނާއި، ކޮމަންޑޫ ރައްޔިތުން ގުޅިގެން ދޯންނެއްގައި ކަފު ޖަހައިގެން އެ ޑިންގީ ރ. އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށާއި، އެ ޑިންގީގައި ތިބި ދިވެހި ފަސް ފިރިހެނުންވެސް، ދޯނީީގައި އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.