ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޓްރެވަލް އެވޯޑް ކަމަށްވާ، މަޓާޓޯ ޓްރެވަލް އެވޯޑް ނުވަތަ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް" ގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޕާޓްނަރުންގެ ގޮތުގައި މި އަހަރު ވެސް ބޮޑެތި ކުންފުނިތަކެއް ބައިވެރިވެފައި ވެއެވެ. އެވޯޑްސްގެ ޕާޓްނަރުންނާއެކު ސޮއި ކުރަން ގްރޭންޑް ޕާކް ކޮދިއްޕަރުގައި އިއްޔެ އިރު އޮއްސުނު ވަގުތު ބޭއްވި ހަފުލާގައި ޓްރެވަލް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރީ "އަވަސް އޮންލައިން" އާއެކު އެވެ.
ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އާ ޕާޓްނަރުން
- ޕްރިންޓިން ޕާޓްނާ: ޕްރިންޓް ލެބް
- ބެވަރޭޖް ޕާޓްނާ: ކޮކާ ކޯލާ
- އޮންލައިން މީޑިއާ ޕާޓްނާ: އަވަސް
- އެޑްވަޓައިޒިން ޕާޓްނާ: ބްލާކް
- ޓްރެވަލް މީޑިއާ ޕާޓްނާ: މޯލްޑިވްސް އިންސައިޑާ
- ފޮޓޮގްރަފާ: އެލީޒް
- އޮފިޝަލް ޓެބްލޮއިޑް: އައިލެންޑް ޗީފް
- ކްރިއޭޓިވް ޓެކްނޮލޮޖީ ޕާޓްނާ: ލޫޕް ކްރާފްޓް
- ޕްރޮޑަކްޝަން ޕާޓްނާ: ލިކްސް
- ސްޓްރެޓީޖިކް ޕާޓްނާ: ގެސްޓް ހައުސް އެސޯސިއޭޝަން / ވުމެން އެންޓަޕްރިނާޒް އެސޯސިއޭޝަން
ސޮއި ކުރުމުގެ ރަސްމީ ހަފުލާއަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރުގެ ޓްރެވަލް އެވޯޑްސް ކާމިޔާބުކަމާއި ފުރިހަމަކަމާއެކީ ކުރިޔަށް ގެންދަން ބޮޑެތި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެވޯޑްސް ބާއްވާ ތާރީހާއި ނޮމިނީސްތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން، މި އެވޯޑު ބާއްވަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. މި އެވޯޑު ދެނީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި ހިދުމަތުގެ ފެންވަރު މަތިކުރުމާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށެވެ.