ފަނަރަ އެމްބިއުލާންސް ގަންނަން ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބީލަމަށް ހުޅުވައިލައިފި އެވެ.
ފިނޭސް މިނިސްޓްރީން ބުނީ ހެލްތް މިނިސްޓްރީގެ އެދުމަކަށް 15 އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ބީލަމުގައި ބައިވެރިވާން 1500 ރުފިޔާގެ ނަން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ބީލަމުގެ ރަޖިސްޓްރޭޝަން ފީ ބަލައިގަތުން ކުރިއަށް ދަނީ މިމަހު ނުވަ ވަނަ ދުވަހާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި ރޯދަ މަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
މި މަސައްކަތަށް ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 50،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ.
ހެލްތް މިނިސްޓްރީން ދަނީ ގައުމީ އެމްބިއިލާންސްގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރާއިރު 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕެރެމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފަށައިފައިވާއިރު، ސީ އެމްބިއުލާންސްގެ ހިދުމަތްވެސް ދެ އެވެ.