ދުނިޔެ

ޕާކިސްތާނުގައި ބޮމުގެ ހަމަލައެއްދީ ބަޔަކު މަރާލައިފި

ޕާކިސްތާނުގެ ލާހޯރުގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމާލައެއްގައި ބަޔަކު މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެ އެވެ.

ބަރަކާތްތެރި ރޯދަމަހުގެ ދެވަނަ ދުވަހު ބޮމުގެ މި ހަމަލާ ދީފައިވަނީ ލާހޯރުގެ އެންމެ ބޮޑު އެއް ސޫފީ ޒިޔާރަތް ކަމަށްވާ ދާތާ ދަރުބާރު ކައިރިން ނެވެ.

މިފަދަ ހަމަލާތައް އާންމު ލާހޯރުގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބައެއް ފުލުހުން މަރުވެ އިތުރު ފުލުހުންނާއި އާންމުންނަށް އަނިޔާވެފައި ވާކަމަށް ޕާކިސްތާނު ފުލުހުންގެ ތަރުޖަމާނު ސައީދު މުބައްޝިރު ހަސަން ވިދާޅުވި އެވެ. އަނިޔާވެފައިވާ މީހުންގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު އޭގެ ތެރެއިން ފަސް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީހުން ސަލާމަތްކުރަން އުޅުނު ފަރާތްތަކުން ޕާކިސްތާނުގެ މަޝްހޫރު "ޑޯން" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުން އެ ހަމަލާގައި މަދުވެގެން ފަސް މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ތިން ފުލުހަކާއި ސެކިއުރިޓީ ގާޑަކާއި އާންމުންންގެ މީހަކު ހިމެނެ އެވެ.

ބޮމުގެ ހަމަލާ ދީފައިވާ ގޮތް ފުލުހުން ތަހުގީގު ކުރަމުންދާއިރު މިކަމުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.