ވިޔަފާރި

ރިޒް-ކާލްޓަން ބްރޭންޑުގައި "އެކުޅިވަރު" ރިސޯޓު ތަރައްގީ ކުރަނީ

Jul 16, 2015

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ލަގްޒަރީ ހޮޓެލް އަދި ރިސޯޓު ހިންގަމުން ގެންދާ ރިޒްކާލްޓަން ކުންފުނިން ބުނީ މި ރިސޯޓުގައި 90 ލަގްޒަރީ ވިލާ ހިމެނޭ ކަމަށެވެ. މީގެތެރޭގައި 35 މޫދު ކޮޓަރި އާއި 55 ބީޗް ވިލާ ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި ރިސޯޓުގެ ރޫމްތަކުގައި ޓެރަސް އާއި މޫދު ފެންނަ ވިލާތައް ވެސް ހުރެ އެވެ. ފަސް ތަރީގެ މި ރިސޯޓު ވެގެންދާނީ ރާއްޖޭގައި ހުޅުވޭ "އެންމެ ފުރިހަމަ" އެއް ރިސޯޓަށް ކަމަށް ބައެއް ހަބަރުތަކުގައިވެ އެވެ. ނަމަވެސް މި ރިސޯޓު ހުޅުވޭނެ ތާރީހެއް ބުނެފައެއް ނުވެ އެވެ.

ނ. އެކުޅިވަރަކީ ރިސޯޓު ތަރައްގީ ކުރަން 2008 ވަނަ އަހަރު އެމްޓީޑީސީއާ ހަވާލުކޮށްފައިވާ ރަށެވެ. މި ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެމްޓީޑީސީން ރިޒް- ކާލްޓަންއާއެކު ސޮއިކޮށްފައިވަނީ ވެސް 2008 ވަނަ ވަނަ އަހަރެވެ. ސޮއިކުރުމަށްފަހު، އެމްޓީޑީސީން ބުނީ މި ރިސޯޓަކީ 100 މިލިއަން ޑޮލަރުގެ ރިސޯޓެއް ކަމަށެވެ. އަދި ރިސޯޓު 2010 ވަނަ އަހަރު ހުޅުވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ފަހުން މި މަޝްރޫއުގެ ހަބަރެއް ނުވެ އެވެ.