ހަބަރު

ހައިވޭގައި ވޭނެއް ކޮންޓްރޯލް ގެއްލި އެކްސިޑެންޓެއް ހިނގައިފި

May 9, 2019
3

މާލެ - ހުޅުމާލެ ހައިވޭގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ގެއްލި ހައިވޭގެ ޑިވައިޑަރުތަކުގައި ޖެހި ގެއްލުންތައް ވެއްޖެ އެވެ. އެކަމަކު މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ ހައިވޭގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 10:11 ގައި ކަމަށެވެ. އަދި ބުނީ މާލެއިން ހުޅުމާލެ ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ރޯޑް ޑިވައިޑަރުގައި ޖެހިފައިވާ ކަމަށާއި އެ ޑިވައިޑަރު ހަލާކުވެ ބުރައިގެން ދިޔަ ޕްލާސްޓިކް ކޮޅަކުން ޖެހި ހުޅުމާލެއިން މާލެ ދިޔަަ ޓެކްސީއަކަށް ގެއްލުންވި ކަމަށެވެ.

ފަހަކަށް އައިސް އެކްސިޑެންޓުގައި ވަނީ ގިނަވެފަ އެވެ. އެހެންވެ ފުލުހުން މާލެ ތެރޭގަ އާއި ހައިވޭ އާއި ބްރިޖު މަތީގައި ޓްރެފިކް ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދެ އެވެ.