ބަޔާން މިއުނިކް

ލީގް ހޯދަން ލިބުނު ފުރުސަތު ބަޔާނުން ނަގާލައިފި

ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދަން، ބަޔާން މިޔުނިކަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލައިފި އެވެ. އާރްބީ ލައިޕްޒިގް އަތުން މޮޅު ވެވުނު ނަމަ، ޖަރުމަންގެ ލީގް ބަޔާންއަށް ކަށަވަރު ކުރެވޭނެ އެވެ.

ބަޔާން އާއި ލައިޕްޒިގް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ތަށި ހޯދުމުގެ ރޭސް އިތުރަށް ފޯރިގަދަވީ، ބަޔާން އާ ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑުން، ފޯޓޫނާ ޑުސްލްޑޯފް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުންނެވެ. ޑޯޓަމުންޑުން މެޗު ކާމިޔާބު ކުރީ 3-2 ންނެވެ.

ޑޯޓަމުންޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ތޯމަސް ޑިލޭނީ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ޕުލުސިޗް އެވެ. ފުރަތަމަ ހާފް ލީޑްގައި އޮވެގެން ޑޯޓަމުންޑަށް ނިންމާލެވުނަސް ދެ ވަނަ ހާފް ފެށިގޮތަށް ޑުސްލްޑޯފްގެ އޮލިވާ ފިންކް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އޭގެ ހަ މިނެޓް ފަހުން ޑިލޭނީ ވަނީ، ޑޯޓަމުންޑަށް އަލުން ލީޑް ނަގައި ދީފަ އެވެ. މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުތަކުގައި ދެ ލަނޑު ފެނިގެން ދިޔަ އެވެ. ޑޯޓަމުންޑްގެ ތިން ވަނަ ލަނޑު މާރިއޯ ގޮޓޭޒް ކާމިޔާބު ކުރީ، 92 ވަނަ މިނެޓްގަ އެވެ. މެޗުގެ 95 ވަނަ މިނެޓްގައި ޑޭވިޑް ކޮއުނަސްކީ ކާމިޔާބު ކުރީ ޑާވިޑް ކައޮނަސްކީ އެވެ.

މި ނަތީޖާގެ ސަބަބުން ބަޔާން އަށް ވަނީ ޕްރެޝަރު ކުރިމަތި ވެފަ އެވެ. އބަޔާން އާއި ޑޯޓަމުންޑާ ދެމެދު ކުރިން އޮތް ހަތަރު ޕއޮިންޓްގެ ފަރަގު ވަނީ ދެ ޕއޮިންޓަށް ކުޑަ ވެފަ އެވެ. ޖަރުމަން ލީގް ކަށަވަރު ވާނީ އަންނަ ހަފުތާގައި ކުޅޭ ލީގްގެ ފަހު ބުރުގަ އެވެ.