ހަބަރު

ލާމުގައި ހުއްޓިފައިވާ ޕްރޮޖެކްޓްތައް ފެށުމަށް މަޝްވަރާ ކުރަނީ

May 12, 2019

ލ. އަތޮޅުގައި ހިންގަން ފަށައި، މިހާރު ހުއްޓިފައި ހުރި ބައެއް ތަރައްގީގެ މަޝްރޫއުތައް އަލުން ފެށުމަށް މަޝްވަރާކުރަން ފަށައިފި އެވެ.

މި ހަފުތާ ބަންދުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ލ. އަތޮޅަށް ދަތުރެއް ކުރައްވާފަ އެވެ. އެ ދަތުރުގައި ހުއްޓިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހޯއްދަވައި އެތަންތަން މިނިސްޓަރު ބައްލަވާލެއްވި އެވެ.

މިނިސްޓަރުގެ މި ދަތުރަކީ އަތޮޅުގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރެއްވި ދަތުރެކެވެ.

އަލީ ވަހީދު ޒިޔާރަތް ކުރެއްވި ބައެއް ތަންތަނުގެ ތެރޭގައި ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ފެށި ލ. ބަރެސްދޫ ވެސް ހިމެނެ އެވެ. އެ މަޝްރޫއު މިހާރު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

މިނިސްޓަރުގެ ދަތުރުގައި ރަށްރަށުގެ ކަައުންސިލްތަކާ ބައްދަލު ކުރައްވައި އެ ކައުންސިލްތަކުގެ ކަންބޮޑުވުންތައް ވެސް އެއްސެވި އެވެ. މިނިސްޓަރުގެ ދަތުރުގައި އެ އަތޮޅަށް އިންތިހާބުވެފައިވާ ދެ މެންބަރުން ކަމަށްވާ މުހައްމަދު ވިސާމާއި މޫސާ ސިރާޖު ބައިވެރިވެލެއްވި އެވެ.