ވިޔަފާރި

ދިވެއްސަކު ފުރަތަމަ ފަހަރަށް އެމިރޭޓްސް އެއާކްރާފްޓް އިންޖިނިއަރަކަށް ވެއްޖެ

Jul 16, 2015
4

ދިވެއްސަކު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްގެ އެއާކްރާފްޓް އިންޖިނިއަރަށްވެ، ފަހުރުވެރި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

ރާއްޖެއަށް މި ފަހަރުވެރި، ކާމިޔާބު ހޯދައިދީ، ތާރީހުގެ ތެރެއަށް ވަދެފައިވަނީ 2007 ވަނަ އަހަރުން ފެށިގެން އެމިރޭޓްސް އެއާލައިންގައި މަސައްކަތް ކުރަމުން ގެންދާ 30އ. ގެ އަހުމަދު ޝަފާގު އެވެ.

އެމިރޭޓްސް އެއާލައިނުން ނެރެފައިވާ ނޫސް ބަޔާނުގައި، ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖަރު ޗަންދަނާ ދަ ސިލްވާ ވަނީ ޝަފަގުގެ މަސައްކަތްތަށް ތައުރީފުކޮށްފައިވެ އެވެ. އަދި އޭނާއަކީ މި ދާއިރާއަށް ނުކުންނަން ތިބި ކުދިންނަށް މިސާލެއްގެ ގޮތުގައި ޗަންދަނާ ސިފަކޮށްފައިވެ އެވެ.

އެމިރޭޓް އެއާލައިންގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މިއީ މުޅިރާއްޖެއަށް ލިބިގެން ދިޔަ ބޮޑު ފަހުރެއް ކަމަށެވެ.

"އެމިރޭޓްސްގެ ތާރީހުގައި އެއާކްރާފްޓް އިންޖިނިއަރެއްގެ ވަޒީފާ ދިވެއްސެއް އަދަދެއް ނުކުރޭ. މިކަމަކީ މުޅިރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް،" އޮފިޝަލް ވިދާޅުވި އެވެ.