ހަބަރު

އިއްޔެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު

May 13, 2019

ދަރުބާރުގެ ކައިރިން އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ، އެ މީހާގެ ނޭފަތް ފްރެކްޗާވެފައިވާ ކަމަށެވެ. އޭނާ މިހާރު ސްޓޭބަލް ކަމަށާއި އޭނައަށް މިހާރު ފަރުވާދެމުން ގެންދަނީ ޖެނެރަލް ވާޑްގައި ކަމަށެވެ.

ފުލުހުން ބުނީ ދަރުބާރުގެ ކައިރިން އިއްޔެ ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަންއިން 22 އަހަރުގެ ފިރިހެން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. ސައިކަލް ފަހަތުގައި އަށް އަހަރުގެ ކުއްޖަކުވެސް އިނެވެ. އެ ކުއްޖާއަށް އަނިޔާއެއް ނުވެއެ އެވެ. އަނެއް ސައިކަލުގައި އިން މީހާއަށްވެސް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.