މާދަމާ ހެނދުނު ސަލްޓަން ޕާކްގައި ބާއްވަން ނިންމާފައި އޮތް ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ކެންސަލް ކޮށް ހަވީރު ސަލްޓަން ޕާކުގައި ބާއްވާ ރައީސްގެ ދެކަނބަލުންގެ ކުޑަކުދިންގެ ހަވީރު މޫސުން ތަންދޭނަމަ ވަޅުއީދު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން ކެންސަލް ކޮށްފައިވާ ކަމަށާއި މޫސުން ތަންދޭ ނަމަ ކުޑަކުދިންގެ ހަވީރު އީދުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ނިންމާފައިވާ ކަމަށެވެ.
މި ދެ އިވެންޓް ކެންސަލް ކޮށްފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ބާއްވަން އޮތް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.