ދުނިޔެ

މިސްރުގެ ބަހެއްގައި ތިބި 17 މީހަކަށް އަނިޔާވެއްޖެ

މިސްރުގެ ޕިރަމިޑުތައް ބަލަން ޓުއަރިސްޓުން ގޮވައިގެން ބަހެއް ދަތުރު ކުރަމުންދަނިކޮށް އެ މަގުގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން މަދުވެގެން 17 ފަތުރުވެރިންނަށް އަނިޔާވެއްޖެ އެވެ.

ސިއްހީ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި އެ ބަހުގައި 25 ފަތުރުވެރިން ދަތުރު ކުރިއެވެ. އަދި އަނިޔާވެފައިވާ ފަތުރުވެރިންނަކީ މިސްރާއި ދެކުނު އެފްރިކާއަށް ނިސްބަތްވާ މީހުނެވެ.

ހައެއްކަ މަސް ތެރޭގައި އެފަދަ ހާދިސާއެއް ހިނގި މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިސްރުގެ ޓުއަރިސްޓު ބަހެއް ދަތުރު ކުރަމުން ދިޔަ މަގުގައި ބޮމެއް ގޮވުމުގެ ސަބަބުން ވިއެޓްނާމްގެ ތިން ފަތުރުވެރިންނާއި މިސްރުގެ ޓުއާ ގައިޑަކު މަރުވި އެވެ.

ބަހުގެ ކައިރީގައި ބާރުގަދަ އެއްޗެއް ގޮވުމުން އެ މީހުންނަށް އަނިޔާވި ނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.