ހަބަރު

ހިއުމަން ޓްރެފިކްގާ ގުޅިގެން 24 ކުންފުންޏެއްގެ މައްސަލަ ފުލުހަށް

May 20, 2019
2

ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ބައިވެރިވާ 24 ކުންފުންޏެއްގެ މައްސަލަ ޕޮލިހަށް އިމިގްރޭޝަނުން ފުލުހަށް ހުށަހަޅައިފި އެވެ.

ނޫސްބަޔާނެއްގެ މެދުވެރިކޮށް އިމިގްރޭޝަނުން ބުނީ ގިނަ މަޝްރޫއުތަކަކަށް ބޭނުންވާނެ ބިދޭސީން ރާއްޖެ ގެނެސް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅި މައްސަލަތަކެއް ދިރާސާކޮށް އޭގައި ހިމެނޭ 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ. އެއީ ކޮން ކުންފުނިތަކެއް ކަމެއް ނުބުނެ އެވެ

އެ 24 މައްސަލަ ތަހުގީގު ކުރަން އެދުނީ އެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކާއިވެސް އެކު އެވެ. އެގޮތުން އެ 24 ކުންފުނީގެ ވެރިންނާއި ތުހުމަތުކުރެވޭ ކަންކަމުގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހާ ހަވާލު ކުރި އެވެ. އަދި އެ މައުކޫމާތުތައް އިކޮނިމިކް މިނިސްޓްރީއާވެސް ހިއްސާކުރި އެވެ.