ހަބަރު

ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސަށް

May 21, 2019
1

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެވެ.

އެ ބައްދަލުވުމުގައި ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާ ކުރެއްވި އެވެ. އަދި ވޮލީގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ވަނީ ރައީސަށް ހުށަހެޅާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާއި ޕްރޮގްރާމުތަކުގެ މައުލޫމާތު ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ.