ފޮރިން މިނިސްޓްރީ

އދ. ރެޕްރެޒެންޓޭޓިވް އެކަމަނާގެ ފަތްކޮޅު ޝާހިދަށް އަރުވައިފި

ޔޫއެންޑީޕީއިން ރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީ، އެކަމަނާގެ މަގާމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

މިސް އަކީކޯ ފޫޖީގެ މަގާމުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ޝާހިދުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގައި އދ. އިން އަދާކުރާ ދައުރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންސާނީ ތަރައްގީގެ އެކި ދާއިރާތައް ކަމަށްވާ ފަގީރުކަން ނައްތާލުމާއި، ތިމާވެށީގެ ސަބަބުން ކުރާ އަސަރުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ޑިމޮކްރަސީއާއި ގަވަނަންސްގެ ދާއިރާއިން އދ. އިން ވެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ވާހަކަފުޅުގައި އެކަމަނާއަށާއި ޖުމްލަކޮށް އދ. ގެ ނިޒާމަށް ދިވެހި ސަރުކާރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.