ފޮރިން މިނިސްޓްރީ

އަމީން މެލޭޝިއާގެ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ހެލްތް މިނިސްޓާ އަބްދުﷲ އަމީން މެލޭޝިއާގެ ހެލްތް މިނިސްޓަރާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓާ އަމީން މެލޭޝިއާގެ ހެލްތް މިނިސްޓާ ޑރ. ޒުލްކިފްލީ އަހުމަދާ ބައްދަލު ކުރެއްވީ ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ތެރެއިންނެވެ.

ދެ ބޭފުުޅުންގެ ބައްދަލު ކުރައްވައި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަޝްވަރާ ކުރެއްވި އިރު ޑޮކްޓަރުންނާއި ނަރުހުން ގާބިލުކަން އިތުރު ކުރަން މަޝްވަރާ ކުރެއްވި އެވެ.

އިއްޔެ ފެށި ވޯލްޑް ހެލްތް އެސެމްބްލީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެ އެވެ.