ރާއްޖެ ކުޅިވަރު

އަނިޔާވެ ލިވަޕޫލާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ދަގަނޑޭއަށް ގެއްލިއްޖެ

Jul 17, 2015

އިނގިރޭސި ޕްރިމިއާލީގްގެ ގަދަބާރެއް ކަމަށްވާ ލިވަޕޫލްއާ ދެކޮޅަށް މިމަހު 24 ވަނަ ދުވަހު މެލޭޝިއާ އޯލްސްޓާ ކުޅޭ މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ކުޅުމުގެ ފުރުސަތު ގެއްލިޖެކަން އޭނާ ކަށަވަރުކޮށްދީފި އެވެ. 

މިއަދު އޭނާގެ ރަސްމީ ޓްވިޓާ އާއި ފޭސްބުކް ޕޭޖް މެދުވެރިކޮށް ބުނެފައި ވަނީ ލިވަޕޫލްއާ ދެކޮޅަށް ނުކުންނަން އޭނާ ތައްޔާރުވެގެން ހުރި ނަމަވެސް މާލޭގައި ކުރިޔަށް ގެންދިޔަ ތަމްރީނު ތަކެއްގައި ފަޔަށް އަނިޔާވެ ލިވަޕޫލާދެކޮޅަށް ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ދަގަނޑޭ ބުނެފައި ވަނީ ތަމްރީނުތަކުގައި އަނިޔާވެފައި ވަނީ އޭނަގެ ފައިގެ ފުންނާބަށް ކަމަށެވެ. 

ދަގަނޑޭއަށް އަނިޔާވި އިރު ހުކުރު ދުވަހު ކުޅެން އޮތް އެ މެޗުގައި ދަގަނޑޭ ކުޅޭ މަންޒަރު ބަލަން ދިވެހިން ތިބީ ކެތްމަދުވެފައެވެ. 

މީގެ ކުރިން ދަގަނޑޭ ވަނީ ޕްރިމިއާލީގުގެ ޓޮޓެންހަމްއާ ދެކޮޅަށް ވެސް ކުޅެފައެވެ.