ކުޅިވަރު

ދީމާގެ ޓްރެއިނިންތަކުގެ ހަރަދު ސަރުކާރުން ދެނީ

ތައިލެންޑްގައި ނިމިގެން ދިޔަ، އިންޓަނޭޝަނަލް ޖޫނިއާ މުބާރާތް ތަކުގައި ގައި، ކާމިޔާބު ހޯދި، ރާއްޖޭގެ ގައުމީ ޗެމްޕިއަން، ފާތިމަތު ދީމާ އަލީ، އަށް ހާއްސަކޮށް ޝަރަފުގެ މަރުހަބާއެއް ކިޔައިފި އެވެ.

ދީމާ މިރޭ މާލެ އަންނާތީ އެއާޕޯޓްގެ ވީއައިޕީ ލައުންޖަށް، ނޫސްވެރިންނަށް ދިން ދައުވަތުގައިވެސް ވަނީ ރަސްމީ ހެދުމުގައި އިވެންޓް ކަވަރު ކުރުމަށް ވަޑައިގަތުމަށެވެ. ވީއައިޕީ ލައުންޖުން ދީމާއަށް މަރުހަބާ ވިދާޅުވީ، ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފެވެ.

ތައިލެންޑްގައި ބޭއްވި، އޭޝިއާ ހޯޕްސް ވީކުން ދީމާ ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އެއީ އޭޝިއާގެ އިވެންޓެއްގައި ރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ހޯޕްސް ކެޓަގަރީގެ ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި، ދީމާ ވަނީ އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ހޯޕްސް ކެޓަގަރީގެ ގުރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ކުޅުންތެރިޔާ އަތުން ބަލިވީ ތިން ގޭމުންނެވެ. ދެން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކުރި އެވެ. ދެ ވަނަ މެޗުގައި ލުބުނާންގެ ކުޅުންތެރިޔާގެ މައްޗަށް އޭނާ ކާމިޔާބު ހޯދީ ސީދާ ތިން ގޭމުންނެވެ. ތިން ވަނަ މެޗުގައި މުބާރާތް ބާއްވި ގައުމު ތައިލެންޑްގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅެ ދީމާ މެޗު ކާމިޔާބު ކުރީވެސް ސީދާ ތިން ގޭމުންނެވެ. ތަރު ވަނަ މެޗުގައި ކަޒަކިސްތާން ކުޅުންތެރިޔާ ވަރުގަދަ ފައިޓެއް ދިން ނަމަވެސް ދީމާ އެ މެޗު ވެސް ކާމިޔާބު ކުރި އެވެ. އެ މެޗު އޭނާ ކާމިޔާބު ކުރީ 3-1 ންނެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދީމާ ދަތުރު ކުރީ، އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ގުރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޑިއާގެ ކުޅުންތެރިޔާ އަތުން ބަލިވީ ތިން ގޭމުންނެވެ.
އަދި ޓީމު އިވެންޓްގައި ތިން ގައުމެއްގެ ކުޅުންތެރިންނާއެކު އުފެއްދި ޓީމު އިވެންޓުން ދީމާ ގެ ޓީމު ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

ކެޑޭޓް ކެޓަގަރީގައި އެއް ޓީމެއްގެ ގޮތުގައި ވާދަ ކުރި ޓީމުގައި ހިމެނެނީ ހަތަރު ބައްރަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންގެ ޓީމެވެ. އެ ޓީމުގައި ހިމެނުނީ ދިވެހިރާއްޖެއިން ދީމާ، މިސްރުގެ ހަނާ ގޮޑާ، ގްރީސްގެ މަލަމެންޓޭނިއާ ޕަޕާޑިމިޓްރީއޫ އަދި މެކްސިކޯގެ އަރާންޝާ ޓޮކްސިއޯ އަސިވިސް އެވެ.

ގުރޫޕް ސްޓޭޖުގައި، ދީމާގެ ޓީމުން ވަނީ މުބާރާތް ބާއްވާ ގައުމު ތައިލެންޑާއި ފިލިޕީންސްގެ ޓީމާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދާފަ އެވެ. ދެ މެޗުވެސް ދީމާގެ ޓީމުން ކާމިޔާބު ކުރީ 3-1 ންނެވެ.

މެޗުތަކެއް ކުޅޭ ތަޖުރިބާ ހޯދުމުގެ އަމާޒުގައި ވާދަ ކުރި ދީމާގެ ޓީމުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ކްއާޓާ ފައިނަލުގައި ވާދަ ކުރީ ތައިލޭންޑްގެ އެއް ވަނަ ޓީމާ ދެކޮޅަށެވެ. ވަރުގަދަ ކުރިމަތިލުމެއް ފެނިގެން ދިޔަ މެޗުން ދީމާގެ ޓީމު ކާމިޔާބު ހޯދީ، 3-2 ންނެވެ.

ތައިލެންޑްގެ އެއް ވަނަ ޓީމު ބަލިކޮށް ސެމީ ފައިނަލަށް ގޮސް ސެމީ ފައިނަލުގައި ވާދަ ކުރީ ޗައިނީޒް ޓައިޕޭއާ ދެކޮޅަށެވެ. ޗައިނީޒް ޓައިޕޭ އަތުން ދީމާގެ ޓީމު ބަލިވީ 3-0 ންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޓޭބަލްޓެނިސްގައި ދުނިޔޭގެ ޗެމްޕިއަން ޗައިނާ އެވެ. ޗައިނާ އާއި އެއްސަފެއްގައި ރާއްޖޭގެ ދީމާގެ ކަރުގައި ބްރޯންޒް މެޑަލް އަޅުވާލަން ލިބުމަކީ ރާއްޖޭގެ ތާރީހްގައި ފާހަގަ ކުރެވުނު ބޮޑު ކާމިޔާބެކެވެ. މި އަހަރު ލަންކާގައި ބޭއްވި ދެކުނު އޭޝިއާ ހޯޕްސް ވީކުން ދީމާ ވަނީ ރަން މެޑަލް ހޯދާފަ އެވެ.

ރޭ ރަސްމިއްޔާތަށް ފަހު، މިނިސްޓަރު މަހްލޫފް ވިދާޅުވީ، ދީމާގެ ޓްރެއިނިންތަކަށް ސަރުކާރުން ހަރަދު ކޮށްދޭން ނިންމާފައިވާ ކަމަށެވެ. ދީމާ އާއި އޭނާގެ އާއިލާ ދިރިއުޅެމުން ގެންދަނީ ލަންކާގަ އެވެ. އޭނާގެ އާއިލާއިން ދީމާގެ ޓްރެއިނިންތަކަށް ބޮޑު ހޭދައެއް ކުރެ އެވެ.

މިއަހަރުގެ ގައުމީ ޗެމްޕިއަންކަން އޭނާ ހޯދުމުން، އޭނާ ވެފައިވަނީ ބައިގަރުނުވީ ޓޭބަލްޓެނިސްގެ ތާރީހްގައި ގައުމީ މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.