ކުޅިވަރު

ޔޫރޮޕާ ލީގްގެ ފައިނަލަށް ދެ ގައުމެއްގެ އަރާރުން

ޔޫރޮޕާ ލީގްގެ ފައިނަލުގައި އާސެނަލްގެ ސްކޮޑުން، ހެންރިކް މިކިތާރިޔަން ވަކިވީ، އަޒަރު ބައިޖާންގެ ބަކޫގައި އޭނާ އަށް ސަލާމަތީ ކަންކަމާ މެދު ޔަގީންކަން ނެތުމުންނެވެ.

އަސްލު މައްސަލަ ގުޅެނީ، 30 އަހަރު ކުރިން އަޒަރުބައިޖާން އާއި އަރުމީނިއާގެ ބޯޑަރު ސަރަހައްދުގައި ހިނގަދީޔަ ނަސްލީ ހަނގުރާމަ އާ އެވެ. އަޒރުބައިޖާން އާއި އަރމީނީއާ ދެމެދު ޒަމާނުން ފެށިގެން އުފެދިފައިވާ ދެކޮޅު ވެރިކަން، ޔޫރޮޕާ ލީގްގެ ފައިނަލަށް ވެސް ވަނީ އަސަރު ކޮށްފަ އެވެ.

ދެހާސް ސޯޅައިގައިވެސް، ބޯޑަރު ސަރަހައްދުތަކުގައި ހިންގި ކުރިމަތިލުންތަކުގައި 350 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އަންދާޒާ ކުރެ އެވެ.

އަރުމީނިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު، މިކިތާރިޔަން އަށް އަޒަރުބައިޖާންގައި ސަލާމަތްތެރިކަން ނެތީ އެވެ. އޭނާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ ބިރަށް އާސެނަލްއިން ނިންމީ، ފައިނަލަށް އޭނާ ނުގެން ދިއުމަށެވެ. މިކިތާރިޔަން ބުނީ އެ ފުރުސަތު އޭނާ އަށް ގެއްލުމުން ވަރަށް ދެރަ ވާ ކަމަށެވެ.

އާސެނަލްއިން ވަނީ އެ މައްސަލަ، ޔޫއެފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. އާެނަލްއިން ބުނީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ޓީމާ އެކު ދަތުރު ނުކުރެވޭ ހިސާބަށް ހާލަތު ގޯސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މެޗެއްގައި ދިމާވާން ނުޖެހޭ ހާލަތެއް ކަންބޮޑުވުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ވާދަވެރި ޗެލްސީއާ ދެކޮލަށް ކުޅޭ ޔޫރޮޕާ ލީގްގެ ފައިނަލު އޮންނާނީ މިއަންނަ ބުދަ ދުވަހުގެ ރޭގަ އެވެ.