ވިޔަފާރި

މޯލްޑިވިއަންއިން ނުވަ ލައްކަ ކިލޯގެ ކާގޯ އެތެރެކޮށްދީފި

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިދިޔަ އަހަރު 915,319 ކިލޯގެ ކާގޯ ރާއްޖެ އެތެރެ ކޮށްދީފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯއޮފް ސްޓެޓިސްޓިކްސް އިން ބުނީ މޯލްޑިވިއަން އިން މިދިޔަ އަހަރު 1,552 ފްލައިޓް އަޅާފައިވާ ކަމަށާއި މި ފްލައިޓް ތަކުން 83,057 މީހުން ރާއްޖެ އެތެރެވެފައިވާއިރު، ރާއްޖޭން ބޭރަށް 83,817 މީހުން ގެންގޮސް ދީފައިވާ ކަމަށެވެ.

މި އަދަދުން ބަލާނަމަ ގައުމީ އެއާލައިން އިން މިދިޔަ އަހަރުގެ ކޮންމެ މަހަކު އެވްރެޖު ގޮތެއްގައި 6000 އެއްހާ މީހުން ބޭރަށް ގެންގޮސްދީ އަދި 6،900 އެއްހާ މީހުން ރާއްޖެ ގެނެސްދީފަ އެވެ. އަދި އެއާލައިނުން އެއްވެރެޖު ގޮތެއްގައި ކޮންމެ ދުވަހަކު 230 އަށްވުރެ ގިނަ މީހުން މީހުން ރާއްޖެ ގެނެސް، ރާއްޖޭން ބޭރަށް ވަނީ ގެންގޮސްދީފަ އެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި މޯލްޑިވިއަންގެ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއްކޮށް ބަލާނަމަ އެ ކުންފުނިން މިދިޔަ އަހަރު 22,574 ފްލައިޓް އަޅާފައިވެ އެވެ. އަދި އެއާލައިން އިން މިދިޔަ އަހަރު 20,583 ކިލޯގެ ކާގޯ ވަނީ ރާއްޖޭން ބޭރަށް ގެންގޮސްދީފަ އެވެ.