އީދު ބަންދާ ދިމާކޮށް މޯލްޑިވިއަން އިން 11 ރަށަކަށް އިތުރު 30 ދަތުރުކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ އީދު ބަންދާ ދިމާކޮށް ދަތުރުތައް އިތުރުކުރީ ޑިމާންޑަށް ބަލައިގެން ކަމަށެވެ.
ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ގޮތަށް ބަލާއިރު ފުވައްމުލަކަށް ފަސް ދަތުރު އިތުރަށް ކުރާއިރު ސ. ގަމަށް މިހާރު ކުރާ އާންމު ދަތުރުތަކުގެ އިތުރުން ދަތުރުތަކެއް ކުރުމަށް ނިންމާފައިވެ އެވެ.
މީގެއިތުރުން ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ނިންމާފައިވެ އެވެ.
މޯލްޑިވިއަން އިން ވަނީ އީދު ބަންދާ ދިމާކޮށް ބ. ފުޅަދޫއަށް ސީޕްލޭން ދަތުރުތަކެއްވެސް ކުރުމަށް ނިންމާފަ އެވެ.
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު ހިމެނެ އެވެ.