ވިޔަފާރި

އީދަށް ބީއެމްއެލްއިން ފޮޓޯ މުބާރާތެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ އީދަށް ހާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ފޮޓޯ މުބާރާތެއް ފަށަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ފޮޓޯ މުބާރާތުގައި ބައިވެރިވެވޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި#EidKihineh މި ހޭޝްޓެގް ޖެހުމަށް ފަހު އީދުގެ ކުޅިވަރުތަކާއި އީދުގެ އުފާވެރިކަމުގެ މަންޒަރުތައް ހިއްސާ ކޮށްގެން ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ހަ ވަނަ ދުވަހުގެ ނިޔަލަށެެވެ.

ބެންކް އޮފް މޯލްޑިވްސް އިން ފޮޓޯ މުބާރާތާއި ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓް

މި މުބާރާތުގައި ފޮޓޯ ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ މި އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.