މޯލްޑިވްސް ޕޮލިސް ސާވިސް

ފިހާރައެއް ފަޅައިލި ބަޔަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫ ފިހާރައެއް ފަޅާލައި އެތަަނުން ވައްކަން ކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާ ފުލުހުން ހޯދައިފި އެވެ. އެ ފިހާރަ ފަޅައިލީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަ ކުއްޖަކާއި ތިން މީހުނެވެ. އަދި އެ އެންމެންގެ ބަންދަށް އެ އަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ތިން ދުވަސް ދީފަ އެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ފިހާރައިން ނެގި ފައިސާ ވެސް ހޯދާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 20900 ދިވެހި ރުފިޔާއާއި 412 ޑޮލަރާއި 10 ޔޫރޯ އެވެ. އަދި އެ ފިހާރައިން ނެގި ދެ ކާޓޫން ސިނގިރޭޓް ވެސް ހޯދާފައި ވެއެވެ.