ރިޕޯޓް

ނިއު ލޭބާގެ ޕާޓީގެ ފިލާވަޅުން އިބްރަތު ހާސިލްކުރަން ޖެހޭ

May 27, 2019
9

އިނގިރޭސި ކޮންޒެވެޓިވް ޕާޓީގެ ވެރިކަމުގައި މާގްރެޓް ތެޗާގެ 11 އަހަރާއި ޖޯން މޭޖާގެ ހަތް އަހަރުގެ ވެރިކަމުގައި، ރަނގަޅު 18 އަހަރު އިނގިރޭސި ލޭބާ ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަން ޖެހުނެވެ. ލޭބާ ޕާޓީގެ އުންމީދު ތަކަށް ނިމުމެއް އައީ 1997 ވަނަ އަހަރެވެ.

އިނގިރޭސި ތާރީހް ނުދެކޭވަރުގެ ކާމިޔާބެއް 1997 ވަނަ އަހަރުގެ އިންތިހާބުގައި ލޭބާ ޕާޓީ ހޯދި އެވެ. އެ އަހަރުގެ 1 މެއި ވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލިހުގެ 659 ގޮނޑީގެ ތެރެއިން 418 ގޮނޑި ލޭބާ ޕާޓީ ކާމިޔާބު ކުރި އެވެ.

ލޭބާ ޕާޓީގެ މި ކާމިޔާބުގެ އާރުކާޓީންނަކީ ޓޯނީ ބްލެއާ އާއި ގޯޑަން ބްރައުންނެވެ. ލޭބާ ޕާޓީގެ އޭރުގެ ލީޑަރު ޖޯން ސްމިތް 1994 ވަނަ އަހަރު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ޕާޓީގެ ޒައާމަތާ ދެން ހާވާލުވެ ވަޑައިގަތީ ޓޯނީ ބްލެއާ އެވެ. ޓޯނީ ބްލެއާ އާއި ގޯޑަން ބްރައުން ރައްޔިތުންގެ އިތުބާރު އިތުރު ކުރުމަށްޓަކައި ލޭބާ ޕާޓީގެ ގިނަ ސިޔާސަތުތަކެއް ބަދަލު ކުރި އެވެ. އަދި ޕާޓީ ގެ ނަން ރީބްރޭންޑްކޮށް ނިއު ލޭބާ ގެ ގޮތުގައި އާންމުންނަށް ވިއްކަން ވެސް ފެށިއެވެ.

އާންމުން ވެސް ލޭބާގެ އެ އާ ބަދަލާ ވަރަށް ބޮޑަށް ގަޔާވި އެވެ. އަދި ޕާޓީގެ ބަދަލުވެފައިވާ ޒުވާން ލީޑަޝިޕާއި މެދު އިތުބާރު ވެސް އުފެދުނެވެ.

އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ލޭބާ ޕާޓީ ކާމިޔާބު ކޮއްފިއެވެ. ބޮޑު ވަޒީރުކަމާއި ޓޯނީ ބްލެއާ ހަވާލުވެއްޖެ އެވެ. ބްލެއާ ގެ ފަހަތުން ސަރުކާރު ހިންގުމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރެއްވުމުގެ މައްސުލިޔަތު ހަވާލު ކުރެއްވުނީ ގޯޑަން ބްރައުން އާއެވެ. އެއީ ޗާންސެލާ އޮފް އެކްސްޗެކާ ގެ މަގާމެވެ. ނުވަތަ މާލީ ޒަޒީރު ކަމެވެ.

ދުވަސްތައް ފާއިތުވެ ގޮސް ބްލެއާ ވެރިކަމުގައި ރަނގަޅު 10 އަހަރު ފާއިތުވެއްޖެ އެވެ. ބްރައުންގެ ކެތްތެރިކަން ކޮޅުން ލިއެވެ. ބުނެވޭ ގޮތުގައި އެއް ދައުރު ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ބްރައުން އާއި ބޮޑުވަޒީރުކަން ހަވާލު ކުރަން ދެ ފަރާތުން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ނަމަވެސް ވެރި ކަމުގެ ބާރަކީ އަލާ ފިލާ އެއްޗަކަށް ނުވުމުގެ އިތުރަށް، އެއީ މަސްތުވާ އެއްޗެއްކަމުން ބްލެއާ މަސައްކަތް ކުރެއްވީ އިތުރު ދައުރަކު ވެރިކަމުގައި ހުންނަވާށެވެ. އަދި އެގޮތަށް އެކަން ވިޔަ ނުދިނުމަށް ކުރަން ހުރި ހުރިހާ ކަމެއް ޕާޓީގެ ތެރެއިން ކުރަން ބްރައުން ހުންނެވީ މާ ބޮޑަށް ވެސް ނިންމައިގެންނެވެ.

އާހިރު ނަތީޖާއެއްގެ ގޮތުން މާ ވަރުގަދަކޮށް އޮތް ލޭބާ ޕާޓީ ފަޅަ ފަޅާއިގެން ހިނގައްޖެ އެވެ. ބުޅާ ގޯނިން ބޭރުވެއްޖެ އެވެ. މީޑިޔާތަކުގެ ފަލަ ސުރުހީއަށް، އެވަގުތު އިނގިރޭސި ވިލާތުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ދެ ބޭފުޅުންގެ ކޯޅުމުގެ ސުރުހީތައް އަރަން ފަށައިފި އެވެ.

ލޭބާ ޕާޓީ ރަނގަޅަށް ދެބައި ވެއްޖެ އެވެ. ބޮޑުވަޒީރާއި ވާންއުޅޭ ބޮޑުވަޒީރުގެ ޓީމު ރުކުރުވާ ލެވުނެވެ. ދެކޮޅަށް ފައިލާގެން ތިބި މަޖިލިހު މެންބަރުންނަށް ކޮޅެއް ނަގަން މަޖްބޫރުވި އެވެ.

ނަތީޖާއެއްގެ ގޮތުން މާ ވަރުގަދަކޮށް އޮތް ލޭބާ ޕާޓީ ފަޅަ ފަޅާއިގެން ހިނގައްޖެ އެވެ. ބުޅާ ގޯނިން ބޭރުވެއްޖެ އެވެ. މީޑިޔާތަކުގެ ފަލަ ސުރުހީއަށް، އެވަގުތު އިނގިރޭސި ވިލާތުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ދެ ބޭފުޅުންގެ ކޯޅުމުގެ ސުރުހީތައް އަރަން ފަށައިފި އެވެ.
އެނަލީސްޓްގެ ސިފަ ކުރުމެއް

އާހިރު ނަތީޖާއަކަށްވީ ބޮޑުވަޒީރުކަމުގަ 13 އަހަރު ހިދުމަތްކުރެއްވުމަށް ފަހު 2007 ވަނަ އަހަރު ޓޯނީ ބްލެއާ އަށް އިސްތުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތުމެވެ.

އެހިސާބުން ދެން ބޮޑުވަޒީރުކަމާއި ހަވާލު ވެވަޑައި ގަތީ ގޯޑަން ބްރައުން ނެވެ. ވެރިކަމާ ހަވާލުވަޑައިގެން އޭގެ ތިން އަހަރު ފަހުން، 2010 ވަނަ އަހަރު އޮތް އިންތިހާބު ލޭބާ ޕާޓީއަށް ނާކާމިޔާބު ވިއެވެ. ލޭބާ ޕާޓީއަށް މި ފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބަށް އެ އިންތިހާބު ވެގެން ދިޔަ އެވެ.

އެއިންތިހާބުގައި މުޅިއަކު 94 ގޮނޑި ލޭބާ ޕާޓީއަށް ގެއްލިގެން ދިޔަ އެވެ. އެންމެ ފަހުން ބޮޑުވަޒީރު ބްރައުންއަށް ޖެހިވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާށެވެ.

އޭގެ ފަހުން މިދިޔަ ނުވަ ވަރަކަށް އަހަރު ތިން ފަހަރެއްގެ މަތިން އެތެރޭގެ އިންތިހާބު ބައްވައިފި އެވެ. ބްރައުންއަށް ފަހު އެޑް މިލަބާންޑް ލީޑަރު ކަމަށް އިންތިހާބު ކުރެވުނެވެ. އޭގެ އަހަރެއް ފަހުން އެޑް މިލަބާންޑް އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން ޕާޓީގެ ލީޑާޝިޕާ ހަވާލުވީ ޖެރަމީ ކޯބިން އެވެ. ޖެރަމީ ކޯބިން ޕާޓީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގަތްތާ އަހަރެއް ނުވަނީސް އޭނާގެ މައްޗަށް އިތުބާރު ނެތަކަމުގެ ވޯޓެއް 2016 ވަނަ އަހަރު ނެގުނެވެ. ނަމަވެސް އެ ވޯޓުން ކޯބިން ސަލާމަތްވެ ވަޑައިގަތެވެ.