ހަބަރު

ވިހެއެމުގެ ޗުއްޓީގައި ހޯދާ މުވައްޒަފުންގެ އުސޫލަށް އަމަލު ކުރަން ފަށައިފި

ސިވިލް ސާވިސް މުވައްޒަފުން ވިހެއެމާއި ގުޅިގެން ދޭ ޗުއްޓީގެ މުއްދަތުގައި، ބަދަލުގައި މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.

ސިވިލް ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މުވައްޒަފުން އައްޔަންކުރާނީ "ވޭޖް އެމްޕްލޮއިމެންޓް" ގެ ގޮތުގަ އެވެ. ވަޒީފާއަށް އައްޔަންކުރާ ފަރާތަށް މުސާރައާއި އިނާޔަތް ލިބިގެންދާނެ އެވެ.

މި އުސޫލުގެ ދަށުން ބަލިވެ އިނުމާއި ވިހެއުުމާއި ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތުގައި، އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުމަށް އިތުރު މުވައްޒަފަކު ބޭނުންވާ ނަމަ، އެ މުވައްޒަފަކު ވިހާނެ ކަމަށް ލަފާ ކުރާ ތާރީހުގެ ކުރިން، އިތުރު މުވައްޒަފަކު ހޯދުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

ބަދަލު މުވައްޒަފުން ގެންގުޅެވޭނީ މުވައްޒަފުން ވިހާ ތާރީހުން ފެށިގެން ހަ މަސް ދުވަސް ވުމާ ހަމައަށެވެ. ހަ މަސް ދުވަސް ނިމުމާއެކު އެހެން މުވައްޒަފެއްގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަށް، ވަގުތީ އެ މުވައްޒަފު އައްޔަން ކުރެވޭނީ އަލުން އިއުލާނުކޮށް އާ އެއްބަސްވުމެއްގެ ދަށުންނެވެ.