ދުނިޔެ

ޗެކްގެ ނިންމުމަށް ފަލަސްތީނުން ތާއީދު

ޓެލްއަވީވްގައި ހުންނަ ޗެކްރިޕަބްލިކްގެ އެމްބަސީ ޓެލްއަވިވް އިން ގުދުސްއަށް ބަދަލު ކުރުމަށް އިޒްރޭލުން އެދުމުން ޗެކްުން އެކަމާ ދެކޮޅު ހެދުމާއެކު ޗެކް ރިޕަބްލިކްގެ އެ ނިންމުމަށް ފަލަސްތީނުން ތާއީދު ކޮށްފި އެވެ.

އެކަމާއި ދެކޮޅު ހައްދަވަމުން ޗެކްގެ ބޮޑުވަޒީރު އަންޑްރޭ ބަބީޝް ވިދާޅުވީ އެ ގައުމުން އެގޮތަށް ހަދައިފިނަމަ އެއީ ޔުރަޕިއަން ޔޫނިއަން އާއި އދ. ގެ މުއާހަދާތަކާއި އެއްބަސްވުންތަކާއި ދެކޮޅު ހެދުނީ ކަމަށާއި އެގޮތަށް ކަންތައް ކުރަން ބޭނުން ނުވާ ކަމަށެވެ.

މިދިޔަ އަހަރު އިޒްރޭލުގެ ޕާލަމަންޓު ކުރިމަތީގައި ޗެކްގެ ރައީސް މައިލޮސް ޒެމަން އެ ގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރާނެ ކަމަށް ވައުދުވެ ވަޑައިގަތެވެ. އަދި އިޒްރޭލުން ކެނޑިނޭޅި އެހެން ގައުމުތަކުގެ އެމްބަސީތައް ޓެލްއަވިވް އިން ގުދުސްއަށް ބަދަލު ކުރުމަށް ބާރުއަޅަމުން ދާއިރު މިހާތަނަށް އެކަން ކޮށްފައިވަނީ ހަމަ އެކަނި ގުއަޓެމާލާ އާއި އެމެރިކާއިންނެވެ.

މެދު އިރުމަތީގެ ޒަމާންްވީ ކޯޅުންތަކުގައި އެންމެން ހިފަމުންދާ ގުދުސް އަށް އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން އަތްގަދަ ކޮށްފަވާއިރު ކޮންމެސް ދުވަހަކުން ފަލަސްތީނުގެ އަމިއްލަ ގައުމެއް އުފެދި އެ ގައުމުގެ ވެރިރަށަށް ގުދުސް ހެދޭނެކަމަށް ފަލަސްތީނުގެ ރައްޔިތުން އުންމީދު ކުރެ އެވެ.